ads
ފިނޭންސް މިނިސްޓްރީ ފޮޓޯ: ހަސަން ނަސީރު / ސީއެންއެމް
3000 ވުރެ އިތުރުނުކޮށް މިމަހު 12ގެ ކުރިން ރޯދަ އިނާޔަތް ދޭން އަންގައިފި
މިއަހަރުގެ ރޯދަމަހުގެ އިނާޔަތް 3000 ވުރެ އިތުރުނުކޮށް މިމަހުގެ 12 ގެ ކުރިން ދިނުމަށް ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
Advertisement

ކަލަންޑަރުގައިވާގޮތުން މި އަަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވާ ބުދަ ދުވަހެވެ. 

ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް ފޮނުވި ސާކިއުލާގައި ވަނީ ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވްއާއި ސްކޮލާޝިޕް އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތް ނުދޭން އަންގާފައެވެ. 

މީގެއިތުރުން އެއް އޮފީހަށް ވުރެ ގިނަ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާ ކުރާ އޮފީހަކުން އެކަނި އިނާޔަތް ދިނުމަށްވެސް އޮފީސްތަކަށް މިނިސްޓްރީން ވަނީ އަންގާފައެވެ. 

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް