ads
އިޝާން އާއި އަލީ ރަމީޒު-----
ލަވަކިޔުން ހުއްޓާލުމާއެކު އިޝާންއަށް ގުޅައި އަލީ ރަމީޒު ހިތްވަރުދީފި
މޯލްޑިވިއަން އައިޑަލުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މުހައްމަދު އިޝާން ލަވަ ކިއުން ހުއްޓާލުމުން އޭނައަށް ގުޅައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު އެ އުފަލުގައި ބައިވެރިވެއްޖެ އެވެ.

މުހައްމަދު އިޝާން ލަވަކިއުމުގެ ކެރިއަރުން ދުރައް ދިޔަކަން އިއުލާނުކޮށްފައި ވަނީ އޭނާގެ އެފްބީ ޕޭޖުގަ އެވެ. އެގޮތުން އިޝާން ލަވަކިއުން ހުއްޓާލުމާއެކު ރާއްޖޭގެ ކުރީ އެންމެ މަގުބޫލު ލަވަކިޔުންތެރިޔާ އަލީ ރަމީޒު އެނާއަށް ގުޅައި ވަނީ މަރުހަބާ ކިޔާފައެވެ.

އަލީ ރަމީޒު ބުނީ އޭނާ ލަވަކިޔުން ހުއްޓާލުމުން ގިނަ ބަޔަކު ވަނީ ލަވަކިޔުން ހުއްޓާލީ ކީއްވެތޯ ސުވާކުށްފައި ކަމަށާއި މިހެންކަމުން އެ ސުވާލު އިޝާންއާ ކުރަން ބޭނުން ކަމަށެވެ. 

އޭގެ ޖަވާބުގައި އިޝާން ބުނީ ލަވަކިޔަން ފެށީ އެކަން ހުއްޓާލާނެ ކަމުގެ އެއްވެސް ވިސްނުމެއްނެތި ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ރޯދަ މަހެއްގައި މިސްކިތާ ގާތްވެވުނު ކަމަށާއި އޭރު ވެސް ވަރަށް ބޮޑަށް މިޔުޒިކް ކުޅެމުންދިޔަ ކަމަށް ބުންޏެވެ. އެގޮތުން ދެކަންތައް އެއް ފަހަރާ އެއް މިނެއްގައި ގެންދިޔައިރު ވެސް ހިތްހަމަޖެހުމެއް ލިބިފައި އުނދަގޫތަކެއް ވަމުން ދިޔަ ކަމަށް އިޝާން ބުންޏެވެ. 

އަދި މިއުޒިކް ތެރޭގައި އުޅޭ މީހުންނަށް އޭގެ ތެރެއިން ނިކުމެވޭނީ ހިތްވަރު ކޮށްގެންކަމަށްވެސް އޭނާގެ ވާހަކައިގައި ބުނެފައިވެ އެވެ.

"ދެ ކަންތައް ބެލެންސްކޮށް ގެންގުޅެން ފެށީމަ އެނގުނީ އަސްލު ހިތްނުތަނަވަސް މިވަނީ ޝޯ ކުޅިފަ އަންނަ ގަޑީގައިކަން، ހެނދުނު ހޭލާއިރު އަދި ރޯދަ ވިއްލަންދެން ވަރަށް ހިތްހަމަޖެހުމެއްގެ ތެރޭގައި މި ހުންނަނީ، އެކަމަކު ރޭގަނޑު ޝޯ ނިންމާފައި އެބަ އާދޭ ހިތްނުތަނަވަސްކަމެއް. އެންމެން ވެސް ބުނޭ މިޔުޒިކު ކުޅުމަކީ ހިތްނުތަނަވަސްކަމެކޭ،" އިޝާން ބުންޏެވެ.


ރާއްޖެ ދުށް އެންމެ ކާމިޔާބު ލަވަކިޔުންތެރިޔާ، އަލީ ރަމީޒު ވެސް ވަނީ އޭނާ މިޔުޒިކާ ދުރުވެ ކުރި ތަޖުރިބާ ކޮންމެ ވެސް ވަރަކަށް ހިއްސާކޮށްފަ އެވެ. އަލީ ރަމީޒު ބުނި ގޮތުގައި އެގޮތުގައި ސާބިތުވެ ހުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ދީނީ އިލްމްވެރިންނަކީ އެންމެ ގާތް މީހުންގެ ގޮތުގައި ދެކުމަކީ ސާބިތުވެ ހުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އަލީ ރަމީޒު ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް