"ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" އިފުތިތާހު ކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި އެ ސިޔާސަތުގެ މަގުސަދަކީ ފެނާއި ނަރުދަމާގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ރާއްޖޭގެ ފެންފަށަލަ ރައްކާތެރިކުރުމަށް އޮނިގަނޑެއް އެކުލަވައިލުމެވެ.
އެމްޑަބްލިއުއެސްސީ ކުންފުނިން ބުނީ، ގައުމީ ފެނާއި ނަރުދަމާގެ ސިޔާސަތަކީ ރާއްޖޭގެ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް މުޅި ރާއްޖޭގައި ތަރައްގީކުރުމަށް މަގުދައްކައިދޭނެ އޮނިގަނޑެއް ކަމަށެވެ.
މި ސިޔާސަތުގެ ދަށުން، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި، ގުދުރަތީ މީރުފެން ރައްކާތެރިކުރުމާއި، އާ އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން، ދިރާސާކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި އަދި އާންމުން ހޭލުންތެރިކުރުން ފަދަ މުހިންމު ދާއިރާތަކަށް ހާއްސަ އިސްކަމެއް ދީފަިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު މި ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާޢި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމަށް އަންގައި، ގާނޫނީ އިސްލާހެއް ތަސްދީގު ކުރައްވައިފަ އެވެ.