ads
ލޯންޗަށް ގެއްލުންތައް ލިބިފައި: އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވޭ - ފޮޓޯ/ އެމްވީ ކްރައިސިސް
ވިލިމާލެއާ ކައިރިން ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
މާލެ ސަރަހައްދުގައި މިރޭ ދެ ލޯންޗު ޖެހި، ގެއްލުންތަކެއް ލިބިއްޖެ އެވެ.
Advertisement

ފުލުހުން ބުނީ މާލެ ސަރަހައްދުގައި ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި އެކްސިޑެންޓް ގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. ނަމަވެސް ދެ ލޯންޗަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގި ސަބަބެއް އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އެކްސިޑެންޓުވި ލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ލޯންޗުގެ ފަހަތު ސީޓާ ކައިރިން ގެއްލުން ލިބި، ސަތަރިގަނޑު ވީދިފައިވާ މަންޒަރު ފެނެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް