ads
ކުޑަކުއްޖެއްގެ މޫނު ސްކޭން ކުރަނީ
ދަރިފުޅުގެ ފޮޓޯ ފޭސްބުކަށް ލަންތަ؟ ސަމާލުވޭ، މިއީ ބޮޑު ނުރައްކަލެއް!
ރިފުޅު އުފަންވާ ދުވަހުން ފެށިގެން، އެ ކުއްޖާގެ ކޮންމެ ހަރަކާތެއް ފޮޓޯ ނަގައި ފޭސްބުކް ނުވަތަ އިންސްޓަގްރާމަށް ލުމަކީ ގިނަ މައިންބަފައިން ކުރާ ކަމެކެވެ.
Advertisement

ނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ ޒަމާނީ ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސްފައިވާ މިންވަރަށް ބަލާއިރު، "ޝެއަރެންޓިންގ" ނުވަތަ ދަރިންގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ އެ ކުދިންގެ މުސްތަގުބަލަށް ހުރި ނުރައްކާތެރި ކަމެއް ކަމަށް ސައިބަރ ސެކިއުރިޓީ މާހިރުން އިންޒާރު ދީފިއެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، އޭއައި ބޭނުންކޮށްގެން މީހުންގެ ސިފައާއި އަޑު ވަގަށް ނެގުން ނުވަތަ "އައިޑެންޓިޓީ ތެފްޓް" ގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އިނގިރޭސިވިލާތުގެ ބޭންކެއް ކަމަށްވާ ބާކްލޭސް އިން ލަފާކުރާ ގޮތުގައި، 2030 ވަނަ އަހަރު އަންނައިރު، މާލީ އޮޅުވާލުންތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި މައްސަލަ ގުޅިފައި ހުންނާނީ މައިންބަފައިން އިންޓަނެޓަށް ދޫކޮށްލާފައިވާ އެމީހުންގެ ދަރިންގެ މައުލޫމާތާއެވެ.

މި ނުރައްކަލާ ގުޅޭގޮތުން އިންޓަނެޓް ސޭފްޓީ ތަޖުރިބާކާރެއް ކަމަށްވާ ސްޓޭސީ ސްޓެއިންބާގް ވިދާޅުވެފައިވަނީ، އިންޓަނެޓަށް ލާ ފޮޓޯއެއްގެ ކޮންޓްރޯލް އެ ހިސާބުން ގެއްލިގެންދާ ކަމަށެވެ.

"މައިންބަފައިންނަށް ހީވަނީ އެމީހުންގެ ރައްޓެހިންނަށް އެކަނި ކަމަށް ފޮޓޯތައް މި ދައްކަނީ. އެކަމަކު އޭއައި ޓޫލްސްތަކަށް އެ ފޮޓޯތައް ނަގައި، ކުއްޖާގެ މޫނު ބޭނުންކޮށްގެން ނުރަނގަޅު ވީޑިއޯތައް (ޑީޕްފޭކް) ހެދުމުގެ ފުރުސަތު ވަރަށް ބޮޑު. މިއީ ޑިޖިޓަލްކޮށް ކުއްޖާ ވަގަށް ނެގުން ފަދަ ކަމެއް،" ސްޓެއިންބާގް އިންޒާރު ދެއްވިއެވެ.

މިފަދަ ފޮޓޯތައް ބޭނުންކޮށްގެން ކުއްޖާ ބޮޑުވުމުން އޭނާގެ ނަމުގައި ފޭކް ލޯނު ނެގުމާއި، ކުއްޖާގެ އަޑު އޭއައި މެދުވެރިކޮށް ކްލޯންކޮށްގެން އާއިލާ މީހުން އަތުން ފައިސާ ހޯދުމަށް ގުޅުން ފަދަ ކަންކަން ކުރުމުގެ ގާބިލުކަން މިހާރު ޓެކްނޮލޮޖީއަށް ލިބިފައިވާކަން މާހިރުން ފާހަގަކުރެއެވެ.

އެހެންކަމުން، ދަރިންގެ ރައްކާތެރިކަމަށްޓަކައި މޫނު ސާފުކޮށް ފެންނަ ފޮޓޯތައް ނުލުމަށާއި، ކުއްޖާގެ އުފަން ތާރީހާއި ކިޔަވާ ސްކޫލް ފަދަ ޒާތީ މައުލޫމާތު ހާމަނުކުރުމަށް ތަޖުރިބާކާރުން އިލްތިމާސްކުރެއެވެ. ލިބޭ "ލައިކް" އަކަށްވުރެ ދަރިފުޅުގެ ޑިޖިޓަލް ރައްކާތެރިކަން މާ މުހިންމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް