ads
ކަލްޕަނާ އައްޔަރު
މަސައްކަތް ހޯދަން ސަލާމެއް ނުޖަހާނަން: ކަލްޕަނާ އައްޔަރު
ބޮލީވުޑްގެ މަޝްހޫރު ފިލްމު 'ހަމް ސާތް ސާތް ހޭ' ފަދަ ފިލްމުތަކުން ފެނިގެންދިޔަ ބަތަލާ ކަލްޕަނާ އައްޔަރު، މަސައްކަތް ހޯދުމަށް ސަލްމާން ޚާން ފަދަ ތަރިންގެ ގާތުގައި އާދޭސް ނުކުރާނެ ކަމަށް ބުނެފިއެވެ.
Advertisement

މިގޮތުން 1990 ގެ އަހަރުތަކުގެ ފަހުކޮޅު ފިލްމީ ދާއިރާ ދޫކޮށް ދުބާއީއަށް ދިރިއުޅުން ބަދަލުކުރި ކަލްޕަނާ، އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ދާއިރާ ދޫކޮށްލީ ލިބެމުންދިޔަ މަސައްކަތްތަކާމެދު ހިތްހަމަނުޖެހޭތީ ކަމަށެވެ.

  • ފިލްމީ ދާއިރާ ދޫކޮށްލި ސަބަބު: ކަލްޕަނާ ބުނިގޮތުގައި ފިލްމީ ދާއިރާ އޮތީ ވަކި "ގްރޫޕް" ތަކަކަށް ބެހިފައެވެ. އަދި މަސައްކަތްތައް އެނބުރެމުން ދިޔައީ އެ ގްރޫޕްތަކުގެ މެދުގައި ކަމަށާއި، އޭނާއަކީ އެއްވެސް ގްރޫޕަކަށް ނިސްބަތްވާ މީހަކަށް ނުވާތީ ދާއިރާގައި ދެމިހުރުމުގެ މާނައެއް ނެތްކަމަށް އޭނާއަށް ގަބޫލުކުރެވުނީއެވެ.

  • ސަލްމާން ހާންގެ އެހީ: 'ހަމް ސާތް ސާތް ހޭ' ގައި އެކީގައި މަސައްކަތްކުރި ސަލްމާން ހާން އަކީ މީހުންނަށް އެހީތެރިވާ ފަންނާނަކަށް ވީއިރު، އޭނާގެ އެހީއަށް ނޭދުނީ ކީއްވެތޯ ސުވާލުކުރުމުން ކަލްޕަނާ ބުނީ މަސައްކަތް ހޯދުމަށް އެއްވެސް މީހެއްގެ ގާތަށް ގޮސް ސަލާން ނުޖަހާނެ ކަމަށެވެ.

    "އަހަރެންނަށް މަސައްކަތް ހައްގުވާނަމަ ނުވަތަ އެހީވާން ބޭނުންވާނަމަ އަހަރެން ހޯދޭނެ. ދުބާއީއަކީ އެހާ ބޮޑު ތަނެއް ނޫން. މީހުން ކައިރިއަށް ގޮސް ރޯލު ދޭށޭ ބުނާކަށް ނުދާނަން،" ކަލްޕަނާ ބުންޏެވެ.


    މީގެ އިތުރުން، 1981 ވަނަ އަހަރު ނުކުތް ލަވަ "ރަމްބާ ހޯ" އަށް ކަލްޕަނާ ނަށާ ވީޑިއޯއެއް ދާދި ފަހުން ވައިރަލް ވުމާއެކު، ރިއަލިޓީ ޝޯތަކުން މިހާރު އޭނާއަށް ގުޅަމުން އަންނަ ކަމަށް ކަލްޕަނާ ބުންޏެވެ. އަދި ރަނގަޅު މަސައްކަތެއް ލިބިއްޖެނަމަ ކުރަން ތައްޔާރަށް ހުރި ކަމަށްވެސް އޭނާ ހާމަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް