ads
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ފުރަތަމަ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމުގެ ތެރެއިން
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ފުރަތަމަ މަސައްކަތް ޗައިނާގެ ކުންފުންޏަކަށް
މާލޭގެ ވިޔަފާރި ބަނދަރު މާލެއިން ނަގާ ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރަތަމަ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
Advertisement

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޗައިނާ ހާބާ އިންޖިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެވެ. މިމަމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކަންޓްރީ މެނޭޖަރު މާއޯބާއޯ އެވެ.

މި މަސައްކަތުގެ ދަށުން ވައިނާގެ ސީއެޗްއީސީ ކުންފުންޏާއި ހަވާލުކުރީ ބަންދަރު ހަދަން ތިލަފުށިގައި 125 މީޓަރުގެ މަގަތުފާލަމަކާއި އަތޮޅުތަކަށް މުދާ އުފުލާ ބޯޓްފަހަރު ގާތްކުރާނެ ސަރަހައްދަކާއި ކޮންޓެއިނަރުތައް ބަހައްޓާނެ ސަރަހައްދެއް ހަދާށެވެ. ބަނދަރުގައި ހަރުކުރާ ކްރޭން ބެހެއްޓުުން ވެސް އެ މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. 

މާލޭ ވިޔަފާރި ބަނދަރު ހަދަނީ އެމްޕީއެލްއަށް ތިލަފުށިން ހޯދާފައިވާ 20 ހެކްޓަރުގެ ބިމެއްގައިކަމަށް އެ ކުންގުނިން ބުނެއެވެ. ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް"ގެ ނަމުގައި އެމްޕީއެލް އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ތޮއްޖެހުން ކުޑަކުރުމާއި ބަނދަރުން ދޭ ހިދުމަތްތައް އަވަސްކުރުން ކަމަށް އެމްޕީއެލުން ބުނެއެވެ. އަދި ތިލަފުށީގައި ތަރައްގީކުރާ ބަނދަރު ނިމުމުން، އާގުބޯޓެއް ހުސްކުރަން ހޭދަވާނީ 48 ގަޑި އިރުކަމަށްވެސް އެމްޕީއެލުން ބުނެއެވެ. މިހާރު އެ މަސައްކަތަށް ފަސް ދުވަސް ނުވަތަ ހަ ދުވަސް ހޭދަވާކަމަށް އެމްޕީއެލް އިން ބުނެއެވެ. 

މި  އަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ 2 ކީލޯ މީޓަރުގެ ކީވޯލާއި ޕޭވްކުރުމާއި އިމާރާތްތައް އެޅުމުގެ މަސައްކަތާއި އަދި ތަކެތި ހޯދުމުގެ މަސައްކަތް މިއަހަރުގެ މެދު ތެެރޭގައި އެކި ފަރާތްތަކާއި ހަވާލުކުރެވޭނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް