ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާތައް ހުށައެޅުމަށް ވަކި އޮފީހެއް އުފައްދަން މިއަހަރުގެ ތެރޭގައި ހުޅުވާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement
މި އަހަރަށް މަޖިލިސް ހުޅުވާ ދެއްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ސަރުކާރަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުން ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ ހުށައަޅާ އޮފީސް " ސިޓިޒަން ކޮމްޕްލެއިން ބިއުރޯ" ގެ ނަމުގައި އޮފީހެއް ހައްދަވަން ނިންމެވިކަމަށެވެ.
މިގޮތުން ރައީސް އޮފީހހުގައި ގާއިމުކުރާ މި އޮފީހަކީ 24 ގަޑިއިރު ހިދުމަތް ދޭނެ އޮފީހެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
" މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމެސް ޕްލެޓް ފޯމް، ފޯނު ސޯޝަލް މީޑިއާ ވަސީލަތްތައް ފަދަ އެކިއެކި ޕްލެޓް ފޯމުތައް މެދުވެރިކޮށް ރައްޔިތުން ހުށައަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމް ހަމަޖައްސާ އެ ޝަކުވާތަކާއި ބެހޭގޮތުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު ހޯދާ އެ ޝަކުވާތަކަށް ޖަވާބު ދިނުން. " ރައީސް މުއިއްޒު ވިދާޅުވިއެވެ.
ތަފްސީލު އަންނަނީ...