ads
ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ކޮންމެ ހޯމަދުވަހަކު އެއްގަޑިއިރަށް ރައީސް ނޫސްވެރިންނާއި ބައްދަލުކުރަނީ
އަންނަ މާރިޗުމަހުން ފެށިގެން ކޮންމެ ހޯމަދުވަހަކު އެއްގަޑިއިރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ތިންވަނަ ދުވަހުއެވެ. އެފަހަރުވެސް އެމަނިކުފާނުން ނޫސްވެރިންނާއި ބައްދަލުކުރެއްވީ ނޫސްވެރިންނާއި ބައްދަލުނުކުރައްވާތާ އެތައް ދުވަހެއް ފަހުންނެވެ. 

މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނާއިި މައުލޫމާތުދީ ނޫސްވެރިންނާއި ގާތް ގުޅެއް ބާއްވަމަުން އަންނަ ސަރުކާރެއްކަމަށެވެ. އެގޮތުން ސީދާ އެމަނިކުފާނު ކޮންމެ ހޯމަދުވަހަކު ނޫސްވެރިންނާއި ބައްދަލުކުރައްވަން މިއަހަރު ފަށާނެކަަމަށެވެ. 

" މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާރިޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" ނޫސްވެރިންނާއި އޮންނަ ގާތްކަން ހާމަކޮށްދެއްވުމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

މީގެއިތުރުން ކެނިބެނެޓް ކޮންމެ ވަޒީރަކުވެސް ހަފްތާއަކު އެއްފަހަރު ނޫސްވެރިންނާއި މާރިޗުމަހުން ފެށިގެން އެއް ގަޑިއިރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް