ads
ނިއާ---
ސަޕޯޓަރުން ބުނަނީ ނިއާ މޭކަޕް ނުކޮށް ހުންނަ އިރު ވެސް ރީތި ކަމަށް!
ޓީވީ އެކްޓަރެސް ނިއާ ޝަރުމާ މޭކަޕް ނުކޮށް ހުންނަ އިރު ވެސް ރީތި ކަމަށް އޭނާގެ ސަޕޯޓަރުން ބުނެފި އެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ނިއާ ކުރި ޕޯސްޓެއްގައި އޭނާ ވަނީ މޭކަޕް ނުކޮށް ނަގާފައި އިން ސެލްޕީއެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯ ފެނި ގިނަ ބަޔަކު ވަނީ ނިއާ މޭކަޕް ނުކޮށް ވެސް ރީތި ކަމަށާއި ގުދުރަތީ ރީތިކަން މޫނުމަތިން ފެނިގެންދާ ކަމަށް ބުނެފަ އެވެ.

އުމުރުން 28 އަހަރުގެ ނިއާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި ވަނީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޝޯ، "އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭ" ގައި މާންވީގެ ރޯލުންނެވެ. އޭނާ ވަނީ ކަލާސް ޓީވީން މިހާރު ދައްކަމުން އަންނަ "އިޝްހް މޭ މަރްޖާވާން" ގައި އާރޮހީގެ ރޯލުން ވެސް ފެނިގެންގޮސްފަ އެވެ.

އޭގެ އިތުރުން ނިއާ ވަނީ ވެބްސީރީޒަކުން ވެސް ފެނިގެންގޮސްފަ އެވެ. އަދި ޓީވީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ނިއާއަށް އެ ދާއިރާއިން ބޮޑެތި ކާމިޔާބީތައް ވެސް ލިބިފައި ވެއެވެ. އޭނާ މިހާރު ފެނިގެން ދަނީ "ނާގިން 4" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް