"އިންޓަނޭޝަނަލް ޖާނަލް އޮފް ކެންސަ" ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ، 60 ޑިގްރީ ސެލްސިއަސް އަށްވުރެ ހޫނުކޮށް ސައި ބޯ މީހުންނަށް ކަރާއި ކާހޮޅީގެ ކެންސަރު (އިސޮފެގަލް ކެންސަރު) ޖެހުމުގެ ފުރުސަތު 90 ޕަސަންޓު އިތުރުވާ ކަމަށެވެ. މި ދިރާސާގައި 50،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ބޭނުންކޮށްފައިވެއެވެ.
އެހެންކަމުން ސައި ހެދުމަށްފަހު ކޮންމެވެސް ވަރަކަށް ހިހޫ ވަންދެން މަޑުކޮށްލުމަށް އޭނާ އިރުޝާދު ދެއްވައެވެ.
މީގެ އިތުރުން ސައި ބުއިމުގައި ކުރެވޭ އަނެއް ކުށަކީ ކައި ނިމޭ ގޮތަށް ސައި ބުއިމެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ސައި ފަތުގައި ހުންނަ "ޓެނިންސް" ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން، ކާނާގައި ހުންނަ ހަށިގަނޑަށް ފައިދާހުރި ދަގަނޑުގެ ބައި ނުވަތަ "އަޔަން" ހަށިގަނޑަށް ނެގުމަށް ހުރަސްއަޅައެވެ. ކެއުމާއެކު ސައި ބުއިމުން ކާނާއިން ލިބެންޖެހޭ ދަގަނޑުގެ ބައިގެ 60 ޕަސަންޓު ހަށިގަނޑަށް ނުލިބި ބޭކާރުވެގެންދެއެވެ.
ޑޮކްޓަރުން ލަފާދެނީ މައިގަނޑު ކެއުމެއް ކެއުމަށްފަހު މަދުވެގެން އެއް ގަޑިއިރު ފަހުން ސައި ބުއިމަށެވެ. އޭރުން ކާނާގެ ފައިދާ ހަށިގަނޑަށް ފުރިހަމައަށް ލިބިގެންދާނެއެވެ.