ads
ފުލުހުން ނުކުމެ މަގުމަތި ބަލަހައްޓަނީ
48 ގަޑިއިރުތެރޭ 38 މީހަކު, ފުލުހުން ނުކުމެ ޖޫރިމަނާކޮށްފި
ޓްރެފިކް ގަވައިދާ ހިލާފުވެގެން މިދިޔަ 48 ގަޑިއިރުގެ ތެރޭގައި 38 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުމަތި ތަރުތީބުކުރުމަށް އެ އިދާރާއިން  ކުރަމުންދާ މަސައްކަތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހުޅުމާލެއިން އެކަނި 26 އުޅަނދެއް ޓޯކޮށްފައިވާކަމަށެވެ. 

އެގޮތުން ދެ ފުރޮޅުލީ 23 އުޅަނދަކާއި ހަތަރު ފުރޮޅުލީ 3 އުޅަނދެެއް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ދެ ފުރޮޅުލީ އުޅަނދުތަކުގެ ތެރެއިން 16 އުޅަނދު ޓޯކޮށްފައިވަނީ ލައިސަންސް ނެތި ދުއްވުމާ ގުޅިގެންކަމަށްވެސް ފުލުހުން ބުނެއެވެ.  

މީގެއިތުރުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެއްގަމު ދަތުރުފަތުރުގެ ގަވާއިދާ ހިލާފުވި 38 ފަރާތެއް ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސައިކަލް ދުއްވި 32 މީހަކާއި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވި 6 މީހުންކަމަށް ފުލުހުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް