އެ ޕްރޮމޯޝަން ފެށީ މޯލްޑިވްސް މެރިން އެކްސްޕޯގެ ހަވާސާގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
އެމްޓީސީސީން ބުނީ "ސާބަސް ޔަންމާ ޕްރޮމޯ" ކުރިއަށް ދާނީ މި މަހުގެ 15 އިން އަންނަ މަހުގެ 31 އާ ހަމައަށް ކަމަށެވެ.
ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޔަންމާ އިންޖީނު ވިއްކުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުންންނަ ކޮންމެ ޔަންމާ އިންޖީނަކަށް 8 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
އަދި މީގެ ޕްރޮމޯޝަންގައި ބައިވެރިވުމަށް މާޗް 31 ގެ ނިތަލަށް ނުވަތަ އެ ދުވަހުގެ ކުރިން 10 ޕަސެންޓްގެ ބުކިން ފީއެއް ދައްކައިގެން އިންޖީނުގެ އޯޑަރު ޔަގީން ކުރަން ޖެހެ އެވެ.
އެމްޓީސީސީ އަކީ "މޯލްޑީވްސް މެރިން އެކްސްޕޯ 2026" ގެ ކޯ-ސްޕޮންސާއެވެ. އެ އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލުން އާ މެރިން އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފް ކުރާނެ އެވެ. އަދި އެމްޓީސީސީގެ ވިޔަފާރި ބައިވެރިން ކަމުގައިވާ ޔަންމާ ކާސްޓްރޯލް ކުންފުނިތަކުގެ އިސްވެރިންނާއި ޕެނަލް ޑިސްކަޝަން ތަކުގައި ބައިވެރިވެ، އަގުުހުރި މައުލޫމާތު ތަކެއް ހިއްސާ ކުރާނެ އެވެ.