ads
މިއަދަށް ތާވަލުކުރި މަޖިލީހުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި
މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު ބާއްވާނެ ކަމަށް އިއުލާނުކޮށްފައިވިޔަސް، އެ ޖަލްސާ މާދަމާއަށް ފަސްކޮށްފި އެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާ އެޖެންޑާކޮށް، މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރި ނަމަވެސް މިހާރު ވަނީ އެޖެންޑާ ނަގާފަ އެވެ. އަދި ޖަލްސާ ކެންސަލް ކުރި ސަބަބެއްވެސް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިނުވެ އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި މަސައްކަތްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ނަގާ ސާވިސް ޗާޖު ދިވެހި ރުފިޔާއަށް މާރު ނުކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެ އެވެ. 

މަޖިލީހުގެ އިދާރާއިން މިއަދު ބާއްވަން ހަމަޖެއްސި، އަދި މާދަމާއަށް ތާވަލުކުރި ޖަލްސާގެ އެޖެންޑާ ވެސް އަދި ޝާއިއުކޮށްފައެއް ނުވެ އެވެ.

މިއަދު ބާއްވަން އޮތް ޖަލްސާ ފަސްކުރިއިރު، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މަޖިލީހުގެ ސާފު އަޣުގުލަބިއްޔަތު އޮތް، ވެރިކަންކުރާ ޕީއެންސީގެ ގިނަ މެމްބަރުން މި ވަގުތު އުޅުއްވަނީ އަތޮޅުތެރޭގައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް