ads
ކުޅިވަރު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުގެ ތެރެއިން
އެންޓި ޑޯޕިން އެޖެންސީއަށް ސީއީއޯއެއް ހޯދަނީ، މުސާރަ އެއްބަސްވާގޮތަށް
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

މި މަގާމަކީ ފަސް އަހަރުގެ މުއްދަތަކަށް ހުޅުވާލާ މަގާމެއްކަމަށް އެ އެޖެންސީ ބުނެއެވެ. އަދި ސީއީއޯ މަގާމުގެ މުސާރަ ނިންމާނީ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ދެ ފަރާތުން އެއްބަސްވާ ގޮތަށްކަމަށް މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ ބުނެއެވެ.

މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށް އެ އެޖެންސީ ބުނެއެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރަކީ އެންޓި ޑޯޕިން އެޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމުގެ އެންމެ އިސް މީހާއެވެ. މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީގެ ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" އުފެއްދެވީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއަކީ މޭ 19، 2025 ގައި ރައީސް މުއިއްޒު ތަސްދީޤުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭނެ އެޖެންސީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް