މިއީ އޭނާގެ ކެރިއަރުގައި ޖެހިޖެހިގެން ފްލޮޕްވި 10 ވަނަ ފިލްމު ކަމަށް ވުމާއެކު، އިންޑަސްޓްރީގެ މާހިރުން ވަނީ އޭނާގެ މުސްތަގުބަލާ މެދު ސުވާލު އުފައްދަން ފަށާފައެވެ. މީގެ ކުރިން އަހަރަކު އެތައް ހިޓް ފިލްމެއް ނެރޭ ތަރިއެއްގެ ގޮތުގައި ހުރި އަކްޝޭއަށް މިހާރު މި ވަނީ ބެލުންތެރިންގެ ތަރުހީބު ހޯދަން ނުކުޅެދިފައެވެ.
ރިޕޯޓުތައް ބުނާގޮތުން، ބޮޑު ބަޖެޓަކުން އުފެއްދި މި ފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ވަނީ ހީކުރި ވަރަށްވުރެ މާ ދަށްވެފައެވެ. ސިނަމާތައް ހުރީ ހުސްކޮށެވެ. ޑިސްޓްރިބިއުޓަރުންނަށް މިކަމުގެ ސަބަބުން ވަނީ ކްރޯޑު ރުޕީސްގެ ގެއްލުމާ ކުރިމަތިލާން ޖެހިފައެވެ. ފިލްމު ކްރިޓިކުން ފާހަގަކުރާ ގޮތުގައި އަކްޝޭގެ މި ނާކާމިޔާބީގެ މައިގަނޑު ސަބަބަކީ އެއްވައްތަރެއްގެ ފިލްމުތައް ކުޅުމާއި، ސްކްރިޕްޓަށް މާ ބޮޑު ސަމާލުކަމެއް ނުދީ އަވަސް އަރުވާލައިގެން ފިލްމުތައް ނިންމުމެވެ.
އަހަރެއްގެ ތެރޭގައި 4-5 ފިލްމު ނެރުމުގެ ބަދަލުގައި، ފެންވަރު ރަނގަޅު އެއް ފިލްމު ކުޅުމަށް ފޭނުން ދަނީ އަކްޝޭއަށް ގޮވާލަމުންނެވެ. މި ވެއްޓުމުން އަރައިގަތުމަށްޓަކައި އަކްޝޭ ކުމާރު ދެން މަސައްކަތް ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކުގައެވެ. އޭނާގެ އަތުގައި އަދިވެސް ބޮޑެތި ޕްރޮޖެކްޓްތައް އެބަހުއްޓެވެ. ނަމަވެސް، ބެލުންތެރިންގެ އިތުބާރު އަލުން ހޯދުމަށްޓަކައި އޭނާގެ ހޮވުންތައް ބަދަލުކުރަން ޖެހިފައިވާކަން މި ނަތީޖާއިން ވަރަށް ސާފުކޮށް އެނގެއެވެ.