ads
ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓްގައި ރައީސް މުއިއްޒު ވަނީ ހިމެނިވަޑައިގެންފައި
ސިއްހީ ދާއިރާގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުއިއްޒު
ލިސްޓްގައި ރައީސް ހިމަނާފައިވަނީ އާންމު ސިއްހަތުގެ ދާއިރާއަށް ދެއްވާ އިސްކަން ފާހަގަކޮށް
މަޝްހޫރު "ޓައިމް" މެގަޒިންއިން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުންގެ ލިސްޓުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފި އެވެ.
Advertisement

ރައީސްގެ ނަންފުޅު، "ޓައިމް100 ހެލްތު 2026" ގައި ހިމެނިވަޑައިގެންފައިވަނީ ރާއްޖޭގެ އާންމު ސިއްހަތު ކުރިއެރުވުމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނެވެ.

މިއީ ރާއްޖޭގެ ރައީސަކު ސިއްހީ ދާއިރާއިން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޓައިމްއިން މިއަދު ވަނީ މި އަހަރުގެ ސިއްހަތުގެ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ރައީސް މުއިއްޒުގެ ނަން ހިމަނާފައިވަނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްހަތުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު އެވެ.

"މިއީ 2023 ވަނަ އަހަރު އިންތިހާބުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމެކެވެ،" އެ ނޫހުގައި ބުނެފައިވެ އެވެ.

ދުންފަތާއި ދެކޮޅަށް ރާއްޖެއިން އެޅި ވަރުގަދަަ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އެތައް ބައެއްގެ ތައުރީފް ރާއްޖެއަށް ލިބުނެވެ. އޭގެ ތެރޭގައި ގައުމުގެ ވެެރިންނާއި ސިއްހީ ދާއިރާ އާއި ދުންފަތާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެ އެވެ. 

އަދި ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ހާއްސަ އެވޯޑެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަނީ ލިބިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް