ads
ހުއިފިލަނޑާ މައްސަލަ: އައިއޯ ތަހުގީގުން އެކަހެރިކޮށްފި
ކ. ތިލަފުށީގައި ހުރި ގުދަނަކުން ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ 31 ޑިސެމްބަރު 2025ގައި ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރު މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް އޭނާއާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި މި ތަކެތި ތިލަފުށިން މާލެ ގެނެސް މާލޭގެ 2 ގެއެއްގައި ރައްކާކޮށްފައި ހުއްޓެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެގެތައް ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި ވެއެވެ. 

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން މުދާ ހޯދުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

އެހެންކަމުން، މުދާ ހަލާކުވިޔަ ނުދިނުމަށްޓަކައި ޕީޖީގެ ލަފާގެ މަތިން ނީލަން ކިޔުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް