މިއަދު މަގްރިބް ނަމާދަށް މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި ކުރެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާމިން ހަބީބުއެވެ.
700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މި މިސްކިތުގައި އޭސީ ހަރުކޮށްފައިވާއިރު، ސޯލާއިން މިސްކިތަށް ކަރަންޓު ދެވޭނެ ނިޒާމު ގާއިމުކޮށްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި ދެޖިންސުގެ މީހުންނަށް ވަކިން ނަމާދު ކުރެވޭނެ އަދި ވުޟޫކުރެވޭނެ އިންތިޒާމްވެސް ޤާއިމް ކޮށްފައިވާކަމަށްް އިސްލާމިކް މިނިސްޓްރީން ބުނެެ އެވެ.
މި ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށްވެސް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.