ads
އީސީގެ ރައީސް ޒާހިދު (ކ-5) އަދި އެ ކޮމިޝަންގެ ބައެއް މެމްބަރުންނާއި އޮފިޝަލުން
ކ. ގުރައިދޫ މަރުކަޒުގައި ފޮއްޓެއް ބަހައްޓަން ނިންމާ، ރަޖިސްޓްރީވުމުގެ ފުރުސަތު
ކ. ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ވޯޓުފޮށި ބެހެއްޓުމަށް އިލްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
Advertisement

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 621 ވޯޓް ފޮށި ބަހައްޓަން ނިންމާ ފޮށިތަކުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަނުން އާއްމުކުރީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. 

އެ ކޮމިޝަނުން މިއަދު ބުނީ ކ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ވޯޓުލުމަށް އިތުރު ފޮއްޓެއް ބަހައްޓަން އެކޮމިޝަނުން ނިންމިކަމަށެވެ.  އެގޮތުން މި ފޮށި ހުންނާނީ ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައިކަމަށާއި ބަަހައްޓާ މި ފޮއްޓަށް ވޯޓްލެވޭނީ ކ. ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނަށްކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

މި ފޮށި ހުންނާނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ރެކްރިއޭޝަން ރޫމުގައިކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. 

އީސީގެ މި ނިންމުމާއި އެކު ކައުންސިލް އިންތިހާބު ގައި ޖުމްލަ 622 ވޯޓް ފޮށި ބަހައްޓާނެއެވެ. އެގޮތުން، އަތޮޅު ތެރޭގައި 322 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ބުނެއެވެ. 

އޭގެ އިތުރުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށްވެސް އީސީން ބުނެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް