އެކްސްގައި އަލީ އާރިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވަން އެދި އިދިކޮޅު އިންތިހާބުގައި ވޯޓް ދިނުމަށް ބުނަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެހެންމީހަކު ސަރުކާރު ޖަވާބޫދާރީ ކުރުވާތޯ ބަލަން ނުހުންނަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ފުޅަށް އެކަން ކުރައްވަމުން އަންނަކަމަށް އާރިފް ވިދާޅުވިއެވެ. އަދި މިސާލެއްގެ ގޮތުގައި ނެންގެވީ ރައީސް އަތޮޅުތަކަށް ކުރައްވާ ދަތުރުތަކެވެ.
މިހާރުވެސް ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ އެކި ގިންތީގެ ގާތަށް ރައީސް އަމިއްލަ ފުޅަށް ވަޑައިގެން ޖަވާބުދާރީ ވެ ވަޑައިގަންނަވަމުން އަންނަކަމަށްވެސް އާރިފް ވިދާޅުވި އެވެ. އަދި މަދު މީސްކޮޅެެއްގެ ގާތަށް ދިޔުމުގެ ބަދަލުގައި ރައީސް ވަޑައިގަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށްކަމަށްވެސް އާރިފް ވިދާޅުވި އެވެ.