16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާއަށް މަނާކޮށް ސްކޫލްތަކަށް ފޯނު ވެއްދުން މަނާކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

Advertisement
މި ޕެޓިޝަން ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އަމިއްލަ ފަރާތެއްކަމަށްވާ އަލީ އާނިމް މުފީދު، އަތަމާވިލާ، ސ. ހިތަދޫއެވެ. އޭނާ ޕެޓިޝަނުގައި ސޮއިކުރަން ހުޅުވާލެވިފައިވަނީ އީފާސް މެދުވެރިކޮށެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ މަދު އާބާދީއެއްގެ ތެރޭގައި މިފަހަކަށް އައިސް ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތަށް ބޭނުންނކޮށްގެން ސޯޝާލް މީޑީޔާގެ އެކި މަންސުތަކުގެ ބޭނުުން ކުރާކަމަށެވެ. އަދި އެކުދިން ކުރާ ކަމެއް ގިނަވަގުތު ބަލާލަން ބެލެނިވެރިންނަށްވެސް ވަގުތެއް ނުވާ ހާލަތްތަކާއިވެސް ދިމާވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
" މިގޮތަށް ކަން އޮތްއިރު އަހަރުމެންގެ ކުޑަ ކުދިންނަށް ޔޫޓިއުބް, ޓިކްޓޮކް އަދިވެސް އެހެނިހެން މަންސްތަކުން ދަނީ އެކި ކަހަލުގެ ފާހިޝް ނުބައި ބަސްތަކާއި އަމަލުތައް ދަސްކޮށް ދެމުން, މިހެން މިކަން އޮތުމުން ކުޑަ ކުދިންނަށް އެކި ކަހަލުގެ ނޭދެވޭ އަހުލާގީ އަދި ތޮބީޢީ ބަދަލުތަކެއް އަންނަކަން ފެންނާތީ މިކަން ކަމުގައި ޓެކުނޮލޮޖީ އާއި ދުނިޔެއައް އަންނަ ބަދަލުތަކަށް ބިނާކޮށް ދިވެހި ރާއްޖޭގެ ގާނޫނާއި ގަވަދުތައް އަދާއި ހަމަ ކުރުމަށް ހުށަހަޅާ ޕެޓީޝަނެކެވެ." ޕެޓިޝަންގައިވެއެވެ.
ޕެޓިޝަންގައި ވަނީ ސޯޝަލްމީޑިޔާ (ފޭސްބުކް, ޓްވިޓާ), ބޮޑެތި މީހުނަށް ހަދާފައި ހުންނަ ވީޑިޔޯ ޕްލެޓްފޯމްތައް (ޔޫޓީއުބް, ޓިކްޓޮކް) އަދި ބައެއް ނޫސްތަކާއި އެނޮނިމަސް ނުވަތަ ކާކުކަން ނޭގޭނޭހެން ޕޯސްޓްކޮށް ހެދޭނެ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ނުވަދެވޭނޭހެން ގާނޫނު އިސްލާހު ކުރުމަށް ވަނީ އެދިފައެވެ. އަދި ޕްލެޓްފޯމް ތަކަށް މިގާނޫނުގައި އެކުލަވާލާ ގަވައިދާއި އެއްގޮތަށް ދިވެހި ދަރީންގެ ސަލާމަތާއި ދުޅަހެޔޮކަމަށް އެންމެ ރަނގަޅު ގޮތަކަށް އަމަލު ކުރާން އެންގުންމަށްވެސް ޕެޓިޝަންގައި އެދިފައިވެއެވެ.
" ސޯޝަލްމީޑިޔާގެ ވަސީލަތްތަކަށް ވަނުން މަނާ އުމުރުގެ ކުޑަ ކުދިން މި ގަވައިދު ނުވަތަ ގާނޫނު ހެދުމަށް ފަހު އެކަން ކުރާނަމަ, ނުވަތަ ސޯޝާލް މީޑިޔާއައް ނުވަންނަން މި ގާނޫނުނ ނުވަތަ ގަވައިދުގައި އޮތް އުމުރުން ދަށުގެ ކުދިން ސޯޝަލް މީޑިޔާއެއް ވަދެ ހާދާކަން އެނގޭހިސާބުން އެކުދިންގެ ބެލެނިވެރިންނާއި އެކުއްޖަކަށް ނުވަތަ ކުދިންނަށް ކައުންސެލިން ނުވަތަ ނަސޭހަތްތެރިވުން, އަދި ތަކުރާރުކޮށް ކުޑަ ކުއްޖަކު ސޯޝަލް މީޑިޔާއައް ވަދެ އުޅޭނަމަ ގޖެންޑާ މިނިސްޓްރީއައް ހާއްސަ ބާރުތަކެއް ދީ ވަކި އުސޫލުތަކެއްގެ މަތިން ކުއްޖާ އާއި ބެލެނިވެރިޔާގެ މައްސަލަ ބެލެވޭނެ ނިޒާމެއް ގާއިމް ކުރުން." ޕެޓިޝަންގައިވެއެވެ.
މީގެއިތުރުން ސްކޫލްތަކާއި ކޮލެޖު ތަކުގައި މޯބައިލް ފޯނު ނުވެއްދޭނޭހެން ގަވައިދެއް ހަދައި ފާސްކޮށް، އެއަށް އަމަލު ކުރަން ފެށުމަށްވެސް ޕެޓިޝަންގައިވަނީ އެދިފައެވެ.