ads
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހަވާލުކުރުން. ފައިލް ފޮޓޯ: ހައުސިންގ މިނިސްޓްރީ
ބޯހިޔާވަހިކަމަށް އެދި 3651 ފޯމު ހުށަހަޅައިފި
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމު "އެންމެނަށް ބޯހިޔާވަހިކަން"ގެ ދަށުން ހުޅުވާލި ފުލެޓުތަކަށް އޮތް ޑިމާންޑު ވަރަށް ބޮޑު ކަމަށާއި މިހާތަނަށް 3،600އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ މަހުގެ 18 ގައި ހުޅުވާލި އެ ސްކީމާ ގުޅޭ ގޮތުން ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ހުށަހަޅާފައިވާ 3،651 އެޕްލިކޭޝަނުގައި ފްލެޓަށް އޮތް ޑިމާންޑު ވަރަށް ބޮޑު ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓަށް އެހާ ޑިމާންޑު އޮތް ސަބަބެއް ކަމަށް ލަފާކުރެވެނީ ސަރުކާރުން ތިން ކޮޓަރީގެ ފްލެޓުތަކަކަށް ކުރިމަތިލާން ހުޅުވާލާފައިވާތީ އެވެ. އަދި މި ސްކީމު ބައްޓަންކޮށްފައި އޮތީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ކަމަށްވެފައި އެމީހުން ވަގުތުން ބޯހިޔާވަހިކަން ބޭނުންވާތީ ފްލެޓަށް އެދި ހުށަހަޅަނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، ސަރުކާރުން އުޅެނީ އެއްވެސް ބަޔަކަށް ފުރުސަތު ހަނިކުރާކަށް ނޫން ކަމަށާއި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް އެކަން ކޮށްދޭން ކަމަށެވެ.

އަންނަ މާރިޗު ފަސްވަނަ ދުވަހުގެ 23:59އަށް ފުލެޓަށް އެދި ފޯމު ހުށަހެޅެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް