ads
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުން
މާލޭ މޭޔަރުންގެ ނަންބަރު ތަރުތީބު ކުރުން މާދަމާ
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށްް ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

އަންނަ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާ ޕީއެންއެފްގެ އިތުރުން އެމްޑީއޭއިންނެވެ. މީގެއިތުރުން އަމިއްލަ ގޮތުންވެސް ބައެއް ކެނޑިޑޭޓުން މާލޭ ސިޓީއަށް ވާދަކުރެއެވެ.  

އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް މާލެ ސިޓީއިން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުނެގުން، މާދަމާ ހެނދުނު 10:00 ގައި އޮންނާނެކަމަށެވެ. ގުރުނެގުން އޮންނާނީ އިންތިހާބާބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު) ގައިކަމަށްވެސް އީސީން ބުނެއެވެ. 

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަނީ އެމްޑީޕީން ނުކުތް މިހާރުގެ މޭޔަރު އާދަމް އާޒިމާއި ވެރިކަންކުރާ ޕީއެންސީން ނުކުތް މޫސާ އަލީ ޖަލީލާއި އެމްޑީއޭއިން ނުކުތް އަބްދުﷲ މަހްޒޫމް މާޖިދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ އިސްމާއިލް ޒަރިޔަންދުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް