ރިޕޯޓުތައް ބުނާ ގޮތުގައި މި ދެ ތަރިން ވަނީ ރާޖްޕާލްގެ ދަރަނި ދައްކައިދީ، އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ފަށާފައެވެ.
މި މައްސަލައަކީ ރާޖްޕާލް އަމިއްލައަށް ޑައިރެކްޓް ކުރި ފިލްމަކަށް ނެގި ލޯނަކާ ގުޅިގެން ދިމާވި މައްސަލައެކެވެ. ފައިސާ އަނބުރާ ނުދެއްކުމުގެ ސަބަބުން ކޯޓުން ވަނީ އޭނާ ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް ސަލްމާން އާއި އަޖޭ ދޭވްގަން ވަނީ އެ ފައިސާގެ ބޮޑު ބައެއް ހަމަޖައްސައިދޭނެ ކަމަށް ރާޖްޕާލްގެ ގާތް ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.
ސަލްމާން ހާން އާއި އަޖޭ ދޭވްގަން އަކީ ރާޖްޕާލްއާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ގާތް ދެ އެކުވެރިންނެވެ. މި ދެ ތަރިންގެ މި ދީލަތި އެހީއަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތައީދުކޮށް، އެމީހުންނަށް ޝުކުރު އަދާކުރަމުންނެވެ.