ads
ސަނީ ޑިއޯލްގެ "ބޯޑާ 2"
464 ކްރޯޑް: ސަނީ ޑިއޯލްގެ "ބޯޑާ 2" ބޮކްސް އޮފީސް ގުޑުވާލައިފި
ބޮލީވުޑްގެ އެކްޝަން ސްޓާ ސަނީ ޑިއޯލްގެ އާ ފިލްމު "ބޯޑާ 2" އަށް ބޮޑު ތަރުހީބެއް ލިބި، ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދައިފިއެވެ.
Advertisement

މި ފިލްމު ރިލީޒްކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއިން 464 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް ވިޔަފާރީގެ ރިޕޯޓުތައް ބުނެއެވެ. މިއީ ސަނީ ޑިއޯލްގެ ކެރިއަރުގައި ވެސް "ގަދަރު 2" އަށްފަހު ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

1997 ވަނަ އަހަރު ނުކުތް މަޝްހޫރު ހަނގުރާމައިގެ ފިލްމު "ބޯޑާ" ގެ މި ސީކުއެލް ބެލުމަށް ސިނަމާތަކަށް މީހުން ވަދެފައިވަނީ ހީވެސް ނުކުރާހާ ގިނައިންނެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު، އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް ނެރުނު މި ފިލްމުގައި ސަނީ ޑިއޯލްގެ ވަރުގަދަ އެކްޝަން މަންޒަރުތަކާއި ގައުމީ ރޫހު އާލާވާ ފަދަ ޑައިލޮގްތަކަށް ބެލުންތެރިންގެ ފަރާތުން ވަނީ ހޫނު ތަރުހީބެއް ލިބިފައެވެ.

އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސަނީ ޑިއޯލްގެ އިތުރުން ވަރުން ދަވަން އާއި ދިލްޖީތު ދޮސަންޖް ފަދަ ޒުވާން ތަރިން ވެސް މުހިންމު ރޯލުތަކެއް އަދާކުރެއެވެ. ފިލްމުގެ ކާމިޔާބީއާ ގުޅިގެން ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ހަފުތާ ބަންދުގައި ފިލްމުގެ އާމްދަނީ 500 ކްރޯޑް ހުރަސްކުރުމަކީ ވަރަށް ގާތް ކަމެކެވެ. މި ކާމިޔާބީއާއެކު ސަނީ ޑިއޯލް މިވަނީ އަނެއްކާވެސް ބޮކްސް އޮފީހުގެ ރަސްގެފާނުކަން ސާބިތުކޮށްދީފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް