މި ދިރާސާގައި ބުނާގޮތުން ރޭގަނޑު 6 ގަޑިއިރަށްވުރެ މަދުން ނިދާ މީހުންގެ ސިކުނޑި، އެހެން މީހުންނާ އަޅާބަލާއިރު 10 އަހަރު އަވަހަށް މުސްކުޅިވެއެވެ.
ސައިންސްވެރިން ހާމަކުރި ގޮތުގައި، އެކަށީގެންވާ ވަރަށް ނުނިދުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްކޮށްލާ ކަމެކެވެ. ނަމަވެސް އެންމެ ބޮޑު އަސަރެއް ކުރަނީ ސިކުނޑިއަށެވެ. ނިދި މަދުވުމުގެ ސަބަބުން ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވުމާއި، ހަނދާން ބަލިވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އަދި މިއީ ޑިމެންޝިއާ ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ސިއްހީ މާހިރުން ލަފާދެނީ ބޮޑު މީހަކު މަދުވެގެން ރޭގަނޑު 7 ގަޑިއިރާއި 8 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނިދުމަށެވެ. ނިދި ހަމަކުރުމަކީ ހަމައެކަނި ވަރުބަލި ފިލުުވައިދޭ ކަމެއް ނޫން ކަމަށާއި، އެއީ ސިކުނޑީގެ ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ކަންތައް ކަމަށް ޑޮކްޓަރުން ބުނެއެވެ.