ads
މާލޭގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރާ އައިހަމް
މާލޭ މޭޔަރުންގެ ގުރުނެގުން، ނަމްބަރު އެކެއްގައި އައިހަމް
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށްް ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް އާއްމުކޮށްފިއެވެ.
Advertisement

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާ ޕީއެންއެފްގެ އިތުރުން އެމްޑީއޭއިންނެވެ. މީގެއިތުރުން އަމިއްލަ ގޮތުންވެސް ބައެއް ކެނޑިޑޭޓުން މާލޭ ސިޓީއަށް ވާދަކުރެއެވެ.   

މޭޔަރުންގެ ގުރު ތަރުތީބު 

  1. އަހްމަދު އައިހަމް (އަމިއްލަ ކެންޑިޑޭޓް)
  2. އިސްމާއިލް ޒަރިޔަންދު (އަމިއްލަ ކެންޑިޑޭޓް)
  3. އާދަމް އާާޒިމް ( އެމްޑީޕީ)
  4. މޫސާ އަލީ ޖަލީލް (ޕީއެންސީ) 
  5. އަބްދުﷲ މަހްޒޫމް މާޖިދު (އެމްޑީއޭ)

your imageމާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުން

އަންނަ އޭޕްރިލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާކަމަށް އީސީން ވަނީ ބުނެފައެވެ.

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް