މި ހާދިސާ ހިނގަން މެދުވެރިވީ ފިލްމުގެ ވަރުގަދަ އެކްޝަން މަންޒަރެއް ކުޅެމުން ދަނިކޮށް، ދެ ތަރިންގެ މެދުގައި ބަދަލުކުރެވުނު ހޫނު ބަސްތަކެއްގެ ސަބަބުން ކަމަށްވެއެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި، ރަންބީރު އާއި ވިކީގެ މެދުގައި ފުރަތަމަ އުފެދުނީ ބަހުގެ ހަމަލާތަކެކެވެ. ނަމަވެސް މަސްލަހަތު ގޯސްވެ، އެކަކު އަނެކަކުގެ ގަޔަށް އަތްލާ ހިސާބަށް ކަންތައް ދިޔުމުން، ސެޓުގައި ތިބި ސެކިއުރިޓީންނާއި ކްރޫ މެންބަރުން ވަނީ ވަގުތުން އެކަން ހުއްޓުވާފައެވެ.
މި ހާދިސާއާ ގުޅިގެން އެ ދުވަހުގެ ޝޫޓިން މެދުކަނޑާލާފައިވާއިރު، ރަންބީރު އާއި ވިކީގެ މެދުގައި ކުރިން އޮތް ގާތް ގުޅުމަށް މިކަމުގެ ސަބަބުން ބޮޑު ބުރޫއެއް އަރާފައިވާ ކަމަށް ބެލެވެއެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ބުނަން ދެކޮޅު ހެދި ނަމަވެސް، މި ދެ ތަރިންގެ ސަޕޯޓަރުންގެ މެދުގައި މިހާރު ވަނީ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިފައެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ ފިލްމުގެ ފޯރި ގަދަކުރުމަށްޓަކައި ކުރި ޕްރޮމޯޝަނަލް ކަމަކަށް ވެސް ވެދާނެއެވެ. ނަމަވެސް ސެޓުން އިވޭ އަޑުތަކަށް ބަލާއިރު، ދެ ތަރިންގެ މެދުގައި އޮތް ނުތަނަވަސްކަން ހަގީގަތަކަށް ވުން ގާތެވެ.