ads
ސުޕްރީމް ކޯޓު
ކައުންސިލް އިންތިހާބާ ގުޅޭ މައްސަލަތަކެއް ސުޕްރީމް ކޯޓަށް
ލޯކަލް ކައުންސިން އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
Advertisement

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކީ، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް، ފާޠިމަތު ސޫޒަން، ލަކުސަވީ، ކ. ތުލުސްދޫ ހުށަހެޅި މައްސަލައަކާއި، ޢަބްދުލްމަޖީދު، ރިނދަލިގެ، ކ. ގުރައިދޫ ހުށަހެޅި މައްސަލައެކެވެ. 

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

އިންތިހާބަށް ކުރިމަތިލުމާއި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމާއި ފައިސާ ދެއްކުން ހިމެނޭ ގޮތުން ހުރިހާ ކަމެއް އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަންގެ މައިޕޯޓަލް މެދުވެރިކޮށް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ، ރައީސް ޔާމީންގެ ޕީއެންއެފުގެ ފަރާތުން ކުރިން ހައިކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެކަމަކު ހައިކޯޓުންވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް