ads
ޝިއުނީން ރަޝީދު ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކަށް ފަތްކޮޅު އަރުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެއިން ބޫޓާނަށް ކަނޑައެޅި ސަފީރު، އެ ގައުމުގެ ރަސްގެފާނަށް ފަތްކޮޅު އަރުވައިފި
ރާއްޖެއިން ބޫޓާން އަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު ޝިއުނީން ރަޝީދު، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކް އަށް އަރުވައިފި އެވެ.
Advertisement

ބޫޓާންގެ ވެރިރަށް ތިމްޕޫގަައި އޮތް, ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ޝިއުނީންއަށް، ރަސްގެފާނު ޖިގްމޭ ކޭސަރު ވަނީ މަރުހަބާ އާއި ތަހުނިޔާ ވިދާޅުވެފަ އެވެ.

މިބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން ރަޝީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބޫޓާންގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ސަފީރު ފާހަގަ ކުރެއްވި އެވެ. 

ދިވެހިރާއްޖެ އާއި ބޫޓާން އާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަންވެސް ޝިއުނީން ފާހަގަކުރެއްވި އެވެ.

ޝިއުނީންވަނީ ބޫޓާންގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފަ އެވެ. މިބައްދަލުވުންތަކުގައި، ދިވެހިރާއްޖެ އާއި ބޫޓާންއާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ދިވެހިރާއްޖެ އާއި ބޫޓާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކޮށްފައިވަނީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް