އެ ކުންފުނިން މިއަދު ބުނިގޮތުގައި ރޯދަ މަހުގެ ކަރަންޓު ބިލް، 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
އެއާއެކު، އެ މަހަށް ހާއްސަކޮށްގެން ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށާއި. ރީޑިން ނެގުމުގެ މަސައްކަތް މިމަހުގެ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށެވެ.
ސްޓެލްކޯއިން ވަނީ މީޓަރު ނެގުމަށް އެ ކުންފުނީގެ މުވައްޒަފުން ދާއިރު އެކަން ފަސޭހަކޮށްދިނުމަށް އެދިފަ އެވެ.