ads
އެމްއެމްއޭ
ރޯދަ މަހު އެމްއެމްއޭ ހުޅުވިފައި ހުންނަ ގަޑިތައް އިއުލާންކޮށްފި
ކުރިއަށް އޮތް ރޯދަ މަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވިފައި ހުންނާނެ ގަޑިތައް އިއުލާންކޮށްފި އެވެ.
Advertisement

އެމްއެމްއޭ އިން ބުނީ ރޯދަ މަހާއި އެ ވިދިގެން އަންނަ ހަ ރޯދައިގެ ދުވަސްތަކުގައި އެ އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނަދުނު 09:00 އިން މެންދުރު ފަހު 01:00 އަށް ކަމަށެވެ.

މިގޮތުން ބޭންކިން ހިދުމަތް ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުންވެސް އެގަޑީގައި ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭ ހުޅުވިފައި ހުންނާނެ ގަޑިތައް އިއުލާންކުރިއިރު، މި ރޯދަމަހު ސަރުކާރު އޮފީސްތަކުގެ މަސައްކަތު ގަޑިއަކީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ހަމަޖައްސާފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް