މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފު މަޓީގެ ޗެއާޕާސަން ކަމަށް އިންތިހާބު ކުރެއްވީ މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.
އަފީފް މީގެ ކުރިން ހުންނެވީ އެ ޖަމިއްޔާގެ ވައިސް ޗެއާޕާސަންގެ މަގާމުގައި އެވެ.
މަޓީ 1982 ވަނަ އަހަރު އުފަންވީންސުރެ އެ ޖަމީއްޔާގެ ޗެއާގެ މަގާމުގައި ހުންނެވީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.
ނަމަވެސް އޭނާ އަވަހާރަވުމާއި އެކު އެ މަގާމް ވަނީ ހުސްވެފައި އެވެ.
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލިގޭ މުހައްމަދު އުމަރު މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ. މުހައްމަދު އުމަރު މަނިކު އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މަޓީއަކީ، ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ މައި ޖަމްއިއްޔާ އެވެ. މިޖަމްއިއްޔާގެ މެމްބަރުން ހިއްސާވާ ރިސޯޓުތަކުގެ އަދަދު އުޅެނީ ސަތޭކަ ވިއްސަށްވުރެ މަތީގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;