މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޝަންގްހާއީ ޗައިނާއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ފަސް ރޭގެ ހުރުމާއި، ޑިޒްނީލޭންޑަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ، ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަށް ރަޖިސްޓަރީވުމަށް ފަހު، އެ ކާޑު އެހެން މީހުންނަށް ތައާރަފުކުރަންވީއެވެ. އަދި އެ މީހަކު ދިރާގު x އައިސިކްއަށް ރަޖިސްޓަރީކުރާއިރު މި ހިދުމަތް ތައާރަފުކޮށްދިން މީހާގެ ފޯނު ނަންބަރު ރިފަރަލްގެ ގޮތުގައި ޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަންނަ މަހުގެ 31ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި، ވީހާވެސް ގިނަ ބަޔަކަށް ހިދުމަތް ތައާރަފުކޮށްދީގެން އިނާމު ހޯދުމުގެ ފުރުސަތު އިތުރުކުރެވޭނެ އެވެ.
މީގެ އިތުރުން، ކިޔަވާ ކުދިންނަށް ޚާއްސަ ދިރާގު x އައިސިކްއަށް މި މަހުގެ 28ގެ ކުރިން މުޅިން ހިލޭ ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. ރަޖިސްޓާ ކުރުމަށްފަހު މި ކާޑުން ލިބޭ ޚާއްސަ ޑިސްކައުންޓްތައް އެއް އަހަރުވަންދެން ބޭނުންކުރެވޭނެ އެވެ.
މިއީ ދަރިވަރުންނަށް ލިބޭ ފުރުސަތުތައް ފުޅާކޮށް، މި ހިދުމަތުގެ ފައިދާ އެހެން ފަރާތްތަކާ ހިއްސާކުރާ ކިޔަވާކުދިންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިރާގުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
ދިރާގުން ދަނީ ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާއްސަ އޮފާތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.