އެކުއަމޭން ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޖޭސަން މިހެން ބުނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައެވެ. އޭނާ ވަނީ އިންޑިއާ ގެ ފިލްމީ ސިނާއަތަށާއި އެތަނުގެ ތަރިންނަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކަން ހާމަކޮށްފައެވެ.
މުޅި ދުނިޔޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ ޝާހްރުކް ހާން އަކީ ތަފާތު އެތައް ރޯލެއް ވަރަށް ފުރިހަމައަށް އަދާކުރާ ތަރިއެކެވެ. ޖޭސަން ފާހަގަކުރި ގޮތުގައި ސްކްރީނުމަތީގައި ޝާހްރުކް ދައްކުވައިދޭ ހަކަތައާއި ހުނަރަކީ އެހެން މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
ޖޭސަންގެ މި ވާހަކަތަކާ ގުޅިގެން އިތުރަށް ބަލާއިރު، ބޮލީވުޑް ފިލްމުތަކުގައި އެކި ކަހަލަ އިހުސާސްތައް ދެއްކުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ޝާހްރުކް ވަނީ މި ހުނަރުތަކުގެ އެންމެ މަތީ ހަރުފަތަށް ވާސިލުވެފައެވެ.
ހޮލީވުޑްގެ ބޮޑު ތަރިއެއްގެ ފަރާތުން ލިބުނު މި ތައުރީފުގެ ސަބަބުން ޝާހްރުކް ހާންގެ ސަޕޯޓަރުން އަންނަނީ އުފާފާޅުކޮށް މަރުހަބާ ކިޔަމުންނެވެ.