ads
ބާޒާރުމަތީ މަގު ނިންމާ އާއްމުކޮށް މިއަދު ވަނީ ހުޅުވާލާފައި
ބާޒާރުމަތީ މަގު ނިންމާ އާއްމުކޮށް ހުޅުވާލައިފި
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބާޒަރުމަތީ ސަރަހައްދު ފުޅާކޮށް ނިންމާ ތާރު އަޅާ ނިންމާ އާއްމުކޮށް މިއަދު ހުޅުވާލައިފިއެވެ.
Advertisement

ބާޒާރުމަތީ މަގު ފުޅާކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަގުގެ 9 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެރޭ ވަނީ މަގުގައި ތާރު އަޅާ ނިންމާފައެވެ. 

މަގުގެ ހުރިހާ މަސައްކަތެއް ނިންމާ މިއަދު ފަތިހު 05:00 އިން ފެށިގެން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. މަގު ހުޅުވާލުމުން ގިނަ ބަޔަކު ވަނީ މަގު ބަލާލަން އެ ސަރަހައްދަށް ގޮސްފައެވެ.

your imageބާޒާރުމަތީ މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައި

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދަވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ފުޅާކޮށް މަގު ހަތަރު ލޭނަށް ވަނީ ބޮޑުކޮށްފައެވެ. މި މަސައްކަތުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއް ވަނީ ޝީޓް ޕައިލްކޮށް ބިންވެސް ވަނީ ހިއްކާފައެވެ. 

މި މަޝްރޫއުގެ އަގަކީ 144،509،024.16 ރުފިޔާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް