މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިމަންނާ އަށް ވަހީ އަންނަ ކަމަށް ބުނެއާއި އިސްލާމީ ޢަޤީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތައް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި 15 ފެބްރުއަރީގައި މިނިސްޓްރީން ރަސްމީކޮށް އެދިފައިވާނެކަމަށެވެ.
ދައުރުވަމުންދާ ވީޑިއޯތަކުގައި އެމީހާ ބުނެފައިވާ ގޮތުގައި އޭނާއަކީ ނ. ކުޑަފަރީއަށް ނިސްބަތްވާ މީހެކެވެ. އެކަމަކު އެ މީހާ ދިރިއުޅެނީ ރާއްޖެއިން ބޭރުގަ ކަމަށްވެ އެވެ.