ads
މޯލްޑިވްގޭސް ފުޅިތަކެއް ޕިކަޕެއްގައި
މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަން ފަށައިފި
ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ މުޅިން ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަން ފަށާފައިވާކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯއިން ބުނެފި އެވެ.
Advertisement

އެސްޓީއޯގެ އޮފިޝަލަކު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ ގޭހުގެ ސްޓޮކެއް ގެނެސް، 10 ކިލޯގެ ގޭސް މިއަދު ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި، ކުރިއެކޭ އެއްގޮތަށް ރޯދަ މަހު ވެސް ގޭހުގެ ދަތިކަމެއް ނާންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކައްކާ ގޭސް ދަތިތަކެއް ނުވެ ލިބޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފައިވާއިރު، ރާއްޖެ އެތެރެކުރާ އަސާސީ ކާބޯތަކެތިވެސް ރޯދަމަހުގެ ތެރޭގައި ހެޔޮ އަގެއްގައި ލިބޭނެ ކަމުގެ ޔަގީންކަންވެސް އެކުންފުނިން ދެއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭސް އަށް ގޭސް ގަތުމުގެ ހުރިހާ ކަމެއް މިދިޔަ އޭޕްރީލް މަހު ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ.

އެ ފިޔަވަޅު އަޅަން އެސްޓީއޯގެ ބޯޑުން ނިންމީ މިވަނީ އޮކްޓޯބަރު 2024 ތެރޭގައި މޯލްޑިވް ގޭސްއިން، ގޭސް ގަންނަން ދުބާއީގެ ކުންފުންޏަކަށް ފޮނުވި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގޭސް ނުލިބި ގެއްލުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް