މިއަދު މި ގެނެސްދެނީ ގުލާބް ޖާމް ތައްޔާރުކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.
ބޭނުންވާ ތަކެތި:
1 ޖޯޑް ހިކި ކިރު
4 ސަމުސާ ފުށް
1 ސަމުސާ ބޭކިން ޕައުޑަރ
1 ސަމުސާ ބަޓަރ
ލެކްނަރ ފުލް ކުރީމް މިލްކް (ފުށް މޮޑެވޭ ވަރަށް)
ހަކުރު ކޮޅު ކައްކާލަން:
3 ޖޯޑް ފެން
1.5 ހަކުރު
6 ކާފޫރު ތޮޅި
ފުރަތަމަ ހިކިކިރު، ފުށް، ބޭކިން ޕައުޑަރު ،ބަޓަރު އަދި ފުލްކުރީމް އަޅައިގެން ރަނގަޅަށް މޮޑެލާނީއެވެ. އެއަށްފަހު 15 މިނޓް މަތިޖަހާފަ ބަހައްޓާލާށެވެ.
ދެން ކުދި ކުދިކޮށް ގުޅަ ހަދާނީ އެވެ. އަތުގަ ކުޑަ ބަޓަރު ކޮޅެއް އުގުޅީމަ ގުޅަ ހަދަން ވަރަށް ފަސޭހަ ވާނެ އެވެ.
އެއަށްފަހު ތެޔޮކޮޅެއް އުދާފަ، ތެޔޮކޮޅު ހޫނުވީމަ ތެއްލަން އުދާނީ އެވެ. ދެން ގުޅަތަށް ތެއްލާ ނިމުނީމަ ފެން ކޮޅު ކައްކާލާނީ އެވެ. ފެން ކޮޅު ކައްކާލާނީ ކުރިން ބުނި ވަރަށް ފެންކޮޅު އަޅާ ހަކުރު އަދި ކާފޫރު ތޮޅި ކޮޅު އަޅައިގެންނެވެ.
ދެން ތެލުލި ގުޅަ ތަށް ކައްކާފަ ހުރި ހަކުރު ގަނޑު ތެރެއަށް އަޅާފަ 15 މިނެޓް ވަންދެން ކައްކާލާނި އެވެ. އޭގެ ފަހުގަ ދެ ގަޑި އިރުވަންދެން މަތި ޖަހާފަ ބަހައްޓާނީ އެވެ. އޭރުން ގުޅަކޮޅު ތެރެއަށް ރަނގަޅަށް ސިރަޕްތަށް ވަންނާނެ އެވެ.
ގްލާބް ޖާމު އަކީ ފިނިކޮށްލައިގެން ކާލަން މީރު ހާއްސަ ކޮށް އިންޑިއާގެ ފޮނި ކާއެއްޗެކެވެ. އަޖުމަބަލާލާށެވެ.