ads
އިސްލާމީ މަރުކަޒުގައި ކުރެވުނު ތަރާވީހް ނަމާދެއްގެ ތެރެއިން
ތަރާވީހް ނަމާދު ކުރާއިރު އިމާމާ އާ އެއްވަރަށް ސޫރަތްތައް ކިޔަވަން ޖެހޭތަ؟
އިލްމުވެރިންގެ އިޖްމާއިން އެނގޭ ގޮތުގައި ތަރާވީހް ނަމާދަކީ ސުންނަތް މުސްތަހައްބު ކަމެކެވެ. އަދި ތަރާވީހް ނަމާދު އަންނަނީ ގިޔާމުއްލައިލްގެ(ރޭއަޅުކަމުގެ) މައުޟޫގެ ދަށުގަ އެވެ. ގުރުއާނާއި ސުންނަތުގެ ހެކިތަކުގެ އަލީގައި އެކަމަށް ބާރުދީ ރޭއަޅުކަމަށް ހިތްވަރުދެ އެވެ. އަދި އޭގެ މަތިވެރިކަން ގިނަ ގުނަ އެވެ.
Advertisement

އުފެދޭ ސުވާލަކީ ތަރާވީހް ނަމާދު ކުރާއިރު އިމާމާ އާ އެއްވަރަށް ސޫރަތްތައް ކިޔަވަން ޖެހޭ ހެއްޔެވެ؟

ޖަވާބު: ﷲ ސުބުހާނަހޫވަތައާލާ ވަހީކުރައްވަނީ:

وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ﴾ [ الأعراف: 204]

މާނަ: "އަދި قرآن ކިޔަވާހިނދު، ތިޔަބައިމީހުން އެއަށް ކަނުލައި އަޑުއަހައި، އަދި ހަނުތިބޭށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ."

އެހެން ނަމަވެސް ގިނަ އިލްމުވެރިން ވިދާޅުވަނީ ފާތިހާ ސޫރަތް ފިޔަވަ އެވެ. ފާތިހާ ސޫރަތް އިމާމް މީހާ ވަގުތު ދޭނަމަ އިމާމް މީހާ ކިޔަވާ ނިމުނީމަ ކިޔެވޭނެ އެވެ. އިމާމް މީހާ ވަގުތު ނުދޭނަމަ ކިޔަވަމުން ދާއިރު ފަހަތުން ކިޔެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

ތަރާވީހު ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި ތަރާވީޙހު ނަމާދުގެ މޮޅު އިތުރު ގޮތަކީ ޖަމާއަތުގައި ކުރުމެވެ. ނަމަވެސް ޖަމާއަތުގައި ނުކުރެވޭ މީހަކު ގޭގައި ކުރުމުންވެސް އެކަމުގެ ސަވާބު ލިބޭނެ އެވެ.

ރޯދަމަހުގައި ރޭއަޅުކަން ޖަމާއަތުގައި ކުރުމަށް މުސްލިމުން ބާރު އަޅަންޖެހެ އެވެ. މިހެން ވުމުން، އަޅުކަން ކުރާ މީހާއަށް މުޅި ރޭގައި އަޅުކަން ކުރުމުގެ ދަރުމަ ލިބޭނެ އެވެ. އަދި އެއީ ރޭގަނޑުގެ ކުޑަވަގުތުކޮޅެއްގައި ނަމާދުގައި އޭނާ ހޭދަކުރި ކަމުގައި ވިޔަސްމެ އެވެ. ﷲއީ މަތިވެރި ދަރުމައިގެ ވެރި އިލާހެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް