ads
ހުޅުމާލެ އެކެއްގައި އެސްޓީއޯ އިން ރޭ ހުޅުވި ރީޓެއިލް ފިހާރައިގައި ބައެއް ކަސްޓަމަރުން ހަރަކާތްތެރިވަނީ - ފޮޓޯ: މިހާރު
އެސްޓީއޯ އިން ހުޅުމާލެ ފޭސް އެކެއް ގައި އާ ފިހާރައެއް ހުޅުވައިފި
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އާ ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި ހުޅުވައިފި އެވެ.
Advertisement

ރީތިގަސް މަގުން ރެއިން ކޮރަލް ރެޒިޑެންސް އިމާރާތުގައި ހަދާފައިވާ މި ފިހާރަ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. 

މި ފިހާރަ ހުޅުވީ ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެސްޓީއޯގެ އައުޓްލެޓްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެ އެވެ. ގްރޭޓާ މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވާ ހަ އައުޓްލެޓުގެ އިތުރުން އަތޮޅުތެރޭގައި އެސްޓީއޯގެ 13 އައުޓްލެޓެއް ގާއިމްކޮށްފައިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް