ads
ރޭގަނޑު ކެއުން އަވަސްކޮށްލާ
ކެލޮރީ މަދުނުކޮށް ހަކުރު ކޮންޓްރޯލް ކުރަން ބޭނުންތަ؟
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މީހުން އާންމުކޮށް ކުރާ ކަމަކީ ކެއުން މަދުކުރުމެވެ. މިއީ ވަރަށް ގިނަ މީހުންގެ އާދައަކަށް ހަދައިގެން އުޅޭ ކަމެކެވެ. ރޯދަ މަހު ވެސް ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ސަމާލުކަން ދޭ މީހުންގެ ވިސްނުން ހުންނާނީ ކެއުން މަދު ކުރުމަށެވެ. ނަމަވެސް މިއޮތީ މި މައްސަލައާ މެދު އާ ހޯދުމެކެވެ.
Advertisement

ނަމަވެސް، ދުނިޔޭގެ ސިއްހީ ދާއިރާގެ އެންމެ ފަހުގެ ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި، ކެލޮރީ މަދުނުކޮށްވެސް ހަމައެކަނި ކާ ގަޑިއަށް ބަދަލު ގެނެސްގެން ސިއްހަތަށް ބޮޑެތި ފައިދާތަކެއް ހޯދިދާނެއެވެ. މިގޮތުން ރޭގަނޑު ކެއުން އަވަސްކޮށްލުމަކީ ހަކުރު ކޮންޓްރޯލް ކުރުމަށް އޮތް ވަރަށް ފަސޭހަ މަގެކެވެ.

އިންޓަނޭޝަނަލް ސިއްހީ ދިރާސާވެރިންތަކެއް ދާދި ފަހުން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ނިދުމުގެ ތިން ގަޑިއިރު ނުވަތަ ހަތަރު ގަޑިއިރު ކުރިން ކެއުން ހުއްޓާލާ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެއެވެ. މި ދިރާސާގައި ބައިވެރިވި މީހުންނަށް ކުރިން ކާ ވަރަށް ކާން ދީފައިވީ ނަމަވެސް، ހަމައެކަނި ރޭގަނޑު ކެއުން އަވަސްކުރުމުން އެ މީހުންގެ ހަށިގަނޑަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މީގެ މައިގަނޑު ސަބަބަކީ އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ގަޑި ނުވަތަ "ސާކޭޑިއަން ރިދަމް" އަށް އަންނަ ބަދަލުތަކެވެ. އިރު އޮއްސުމަށްފަހު ހަށިގަނޑުން ހަކުރު ހަޖަމުކުރާ މިންވަރު ލަސްވެއެވެ. އެހެންކަމުން، ރޭގަނޑު ލަހުން ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށް ދެއެވެ. އޭގެ ބަދަލުގައި އިރުއޮއްސޭ ވަގުތާ ގާތްކޮށް ކެއުމުން، ހަކުރު ކޮންޓްރޯލް ކުރުމަށް ހަށިގަނޑަށް ފަސޭހަވެގެން ދެއެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ މަޝްހޫރު ނިއުޓްރިޝަން އެކްސްޕާޓެއް ކަމަށްވާ ޑޮކްޓަރު މާކް މެޓްސަން ބުނީ، "ކާ އެއްޗެހީގެ ބާވަތްތައް މުހިންމުވާ ވަރަށް، ކާ ވަގުތަކީ ވެސް ސިއްހަތަށް ނުހަނު މުހިންމު އެއްޗެއް. ރޭގަނޑު ލަހުން ކެއުމަކީ ހަށިގަނޑުގެ ނިޒާމުތަކަށް ދެވޭ ވަރަށް ބޮޑު ބުރައެއް،" ކަމަށެވެ.

ޑޮކްޓަރުގެ މި ވާހަކަތަކުން ވެސް އެނގޭ ގޮތުގައި، ކޮންމެހެން ކާ މިންވަރު މަދުނުކުރުި ނަމަވެސް، ކާ ގަޑިއަށް ގެންނަ މި ކުޑަ ބަދަލުގެ ސަބަބުން ދިގު މުއްދަތަކަށް ބަލާއިރު ބޮޑެތި ފައިދާތަކެއް ލިބެއެވެ. މިއީ ހާއްސަކޮށް ހަކުރު ބަލި ހުންނަ މީހުންނާއި، ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ވަރަށް އުއްމީދީ ހަބަރެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވެސް ކުޑަކޮށްދެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި، ކެއުންބުއިމުގެ އާދަތައް ވަކި ތާވަލަކަށް ފައްތައި، ރޭގަނޑު ނިދުމުގެ މާކުރިން ކައި ނިންމުމަކީ ކޮންމެ މީހަކުވެސް އާދަކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަން މިހާރު މިވަނީ ސާބިތުވެފަ އެވެ. އެހެން ކަމުން ރޯދަ މަހާއެކު ދުވަސްތައް ގުނަން ޖެހުނު ނަމަވެސް މި ހަމަތައް ހިފެހެއްޓޭތޯ ބަލަމާ ހިނގާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް