"ކޯރާ"ގެ ދެވަނަ ސީޒަން ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށީ މިމަހުގެ 11 ގައެވެ. މި މި ސީޒަނަށް ބެލުންތެރިންނާއި ކްރިޓިކުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ކޯރާ"ގެ ދެވަނަ ސީޒަނަށް މިހާތަނަށް 1.6 މިލިއަން ވިއުސް ވަނީ ލިބިފައެވެ . އަދި މި ސީރީޒު މިހާރުވެފައިވަނީ ދުނިޔޭގެ 11 ގައުމެއްގެ ޓޮޕް 10 ލިސްޓުގައި ވެސް ހިމެނިފައިވެއެވެ.
ނެޓްފްލިކްސް އިން ބުނީ މި މަހު 9 އިން 15 އަށް އެންމެ ގިނަ މީހުން ބެލި ނޮން-އިންގްލިޝް ޝޯތަކުގެ ތެރެއިން މި ސީރީޒް ވަނީ 10 ވަނަ ހޯދައިފައެވެ.
މި ސީޒަންގެ ވާހަކަ ބިނާކޮށްފައި ވަނީ އެސިސްޓެންޓް ސަބް އިންސްޕެކްޓަރު އަމަރުޕާލް ގަރުންދީ (ބަރުން ސޯބްތީ) އާއި އޭނާގެ ހަރުކަށި ބޮސް އިންސްޕެކްޓަރު ދަންވަންތު ކޯރު (މޯނާ ސިންގު) ކުރިއަށް ގެންދާ މަރުގެ ތަހުގީގެއްގެ މައްޗަށެވެ.