ads
ހާރު ނުކައި ރޯދަ ހިފުމަކީ ހުއްދަ ކަމެއްތަ؟
ހާރު އެއިގެ ވަގުތުގައި ކެއުމަކީ ވަރަށް މަތިވެރި ސުންނަތެކެވެ. އެކަމުގެ ސަބަބުން ހާސިލުވާ ފައިދާތައްވެސް ވަރަށް ގިނަ އެވެ. ނަމަވެސް ބައެއް މީހުން ހާރު ނުކައި ވެސް ރޯދަ ހިފަ އެވެ. އަދި ހާރު ކެއުމަކީ އެމީހަކު ނިދަން ބޭނުންވާ ވަގުތުގައި ކުރާ ކަމަކަށް ހަދައިގެން ހާރުކާ ބައަކުވެސް އުޅެ އެވެ.
Advertisement

ސުވާލަކީ ހާރު ނުކައި ރޯދަ ހިފުމަކީ ހުއްދަ ކަމެއް ހެއްޔެވެ؟

ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފުގެ ޖަވާބުގައި ވިދާޅުވަނީ ރޯދަ އަށް ހުރުމަށް ހާރު ކެއުމަކީ ޝަރްތެއް ނޫން ކަމަށާއި އެހެންނަމަވެސް ހާރު ކެއުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށެވެ.

ރޯދަވެރިޔާ ހާރުކެއުން އެއީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީސްކުރެއްވި އެވެ. ” تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة” (رواه البخاري ومسلم) މާނައީ: “ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެ އެވެ. “لاَ تَزَالُ أُمَّتِي بِخَيْرٍ مَا عَجَّلُوا الإِفْطَارَ وَأَخَّرُوا السُّحُورَ” (رواه أحمد) މާނައީ: “ރޯދަވީއްލުން އަވަސްކޮށް އަދި ހާރުކެއުން ލަސްކުރާހާ ހިނދަކު ތިމަން ކަލޭގެފާނުގެ އުއްމަތް ހެއުކަމުން ފިލައި ނުދާނެ އެވެ.”

ހާރުކެއުމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ސުންނަތާއި އެއްގޮތަށް އަމަލުކުރުމުންނެވެ. އެހެންކަމުން ހާރުކެއުމުގެ ފައިދާ ހަށިގަނޑަށް ކުރާނީ ސުންނަތުގައިވާފަދައިން ވީހައި ލަސްކޮށް ހާރުކެއުމުންނެވެ.

ހާރުކެއުން ލަސްކުރުމަކީ ނުކައިނުބޮއި ހުންނަންޖެހޭ ވަގުތުކޮޅު މަދުކޮށްދޭނެ ކަމެކެވެ. އެހެންކަމުން ހައިހޫނުކަމާއި ކަރުހިއްކުމުގެ އިޙްސާސް ކުޑަވެގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;