ބަނގްލަދޭޝްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިހު ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ އަބްދުﷲ ފަރީދާއި އަބްދުއްރަޙްމާން ފަރީދެވެ.
ފަރީދު މަސައްކަތް ކުރައްްވަމުން ގެންދެވި ހިދުމަތް ޖަމިއްޔާއިން ހާމަކުރި ގޮތުގައި މި މިސްކިތަކީ ޖަމާޢަތުގައި 300 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.
ޝެއިޚް ފަރީދު ހިންގެވި ހިދުމަތް ޖަމިއްޔާއިން މިހާރު ވަނީ ހުޅުމާލެ ފޭސް ތިނެއްގައި ވެސް ޝެއިޚްގެ ހަނދާނުގައި ބޮޑު މިސްކިތެއް ބިނާކުރުމުގެ މަަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. އެ ޕްރޮޖެކްޓަށްވެސް މިހާރު ދަނީ ފައިސާ ދަނީ އެއްކުރަމުންނެވެ.
ޝައިޚް ފަރީދަކީ ހިދުމަތް ޖަމިއްޔާގެ މުސްތަޝާރުގެ އިތުރުން ޝަރީޢާ ބޯޑުގެ ރައީސް އެވެ.
ޝައިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އެއާޕޯޓުގަ އެވެ. އެއާޕޯޓަށް ޝައިހު ފަރީދު ވެއްޓިވަޑައިގަތުމާއެކު އަވަސް ފަރުވާދީފައި ވެއެވެ. އެހެންނަމަވެސް، ކުޑައިރުކޮޅެއްތެރޭ ވަނީ އަވަހަރާވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;