ads
މުހައްމަދު ފަރީދު
ރިސޯޓެއްގައި ދިވެހި ޝެފެއް ކުއްލިއަކަށް މިރޭ ނިޔާވެއްޖެ
މާލެ އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހި ޝެފެއް ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.
Advertisement

ކުއްލި ގޮތަކަށް މިރޭ ނިޔާވި ޝެފަކީ، ފ. ނިލަންދޫ ނަރުގިސްވިލާ މުހައްމަދު ފަރީދުއެވެ. 

މުހައްމަދު ފަރީދު ނިޔާވީ ރިސޯޓުގެ ޖިމްގައި މިރޭ ކުއްލި ގޮތަކަށް ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. އެހެންނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު އެހެން އެއްވެސް ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. މުހައްމަދު ފަރީދު ނިޔާވި އިރު އުމުރަކީ 56 އަހަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު ފަރީދުގެ ހަށިގަނޑު މިހާރުވަނީ މާލެ ގެނެސްފައެވެ. މުހައްމަދު ފަރީދުގެ ހަށިގަނޑު އޮތީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ. 

އޭނާގެ ހަށިގަނޑު، މިރޭގެ ވަގުތެއްގައި އޭނާގެ އުފަން ރަށަށް ގެންދާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު ފަރީދުގެ ޖަނާޒާ އޮންނާނީ މާދަމާ، އޭނާގެ އުފަން ރަށުގަ އެވެ.

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;