ads
ބާޒާރުމަތީ މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައި
ރަސްމީ ފާލަމުން، ޓާމިނަލަށް މަގު ހަދަން އަންނަ ހަފްތާގައި ފަށަނީ
ރަސްމީ ފާލަމުން، ޓާމިނަލަށް މަގު ހަދަން އަންނަ ހަފްތާގައި ފަށަން ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
Advertisement

ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބާޒަރުމަތީ ސަރަހައްދު ފުޅާކޮށް ނިންމާ ތާރު އަޅާ މިމަހުގެ 16 ވަނަ ދުވަހުގެރޭ ފަތިހު ވަނީ އާއްމުންނަށް ހުޅުވާލާފައެވެ. 

އެއާއި އެކު މިހާރު ބޮޑުތަކުރާނުމަގު ރަސްމީ ފާލަމުން ފެށިގެން ނޯތު ހާބަރާއި ހަމައަށް ވަނީ ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހަދާ އާއްމުކޮށް ހުޅުވާލާފައެވެ. 

ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެން ފެށޭނީ ރަސްމީ ފާލަމުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާއި ހަމައަށް ޒަމާނީ ފެންވަރަށް ހަދާ ތާރުއެޅުމުގެ މަސައްކަތެކެވެ. މި މަސައްކަތް އަންނަ ހަފްތާގައި ފަށަން ތައްޔާރުވަމުން އަންނަކަމަށް އެމްޓީސީސީން މިވަނީ ބުނެފައެވެ. 

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދަވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ފުޅާކޮށް މަގު ހަތަރު ލޭނަށް ވަނީ ބޮޑުކޮށްފައެވެ. މި މަސައްކަތުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއް ވަނީ ޝީޓް ޕައިލްކޮށް ބިންވެސް ވަނީ ހިއްކާފައެވެ. 

މި މަޝްރޫއުގެ އަގަކީ 144،509،024.16 ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;