ads
އެމްޕީއެލް ބަނދަރުން ކުކުޅުބިސް ކޭސްތަކެއް ނެރެނީ
ރޯދަމަހު މިހާތަނަށް އެމްޕީއެލް ބަނދަރުން އެންމެ ގިނައިން ނެރުނީ ކުކުޅު ބިސް
މި ރޯދަމަހު މިހާތަނަށް އެމްޕީއެލް ބަނދަރުން އެންމެ ގިނައިން ނެރުނީ ކުކުޅުބިސްކަމަށް އެ ކުންފުނިން ބުނެފިއެވެ.
Advertisement

އެމްޕީއެލުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ހިމެނޭ 3،260 ޓަނުގެ ތަކެތި ވަނީ ބަނދަރުން ނެރިފައެވެ. އޭގެތެރޭގައި 167 ކޮންސައިންމެންޓުގެ މުދާ ހިމެނޭކަމަަށް އެމްޕީއެލުން ބުނެއެވެ. 

އެމްޕީއެލްގެ ހިސާބުތައް ދައްކާގޮތުން ރޯދަމަހުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެ އެތެރެކޮށް ނެރެފައިވަނީ ކުކުޅު ބިހެވެ. އެގޮތުން  3،658 ބިސް ކޭސްވަނީ ބަނދަރުން ނެރިފައެވެ. ދެން އެންމެ ގިނައި އެތެރެކޮށް ބާޒާރަށް ނެރެފައިވަނީ ފިޔާއެވެ. އެގޮތުން 2165 ބަސްތާ ފިޔާ ނެެރެފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ. 

އެމްޕީއެލުން ނެރެފައިވާ މުދާ (އަވަހަށް ހަލާކުވާތަކެތި) 

  • 3،658 ބިސް ކޭސް
  • 2،165 ފިޔާ ބަސްތާ
  • 1،224 ޓޮމާޓޯ ބަސްތާ
  • 926 އަލުވި ބަސްތާ
  • 792 އަލަނާސި ބަސްތާ
  • 600 ކަރާ ބަސްތާ
  • 224 ދޮންކެޔޮ ގަނޑު
  • 556 ބަސްތާގެ ކެބެޖު
  • 170 ބަސްތާގެ މެލަން
  • 122 ބަސްތާގެ ބަރަބޯ

your imageއެމްޕީއެލުން މުދާ ނެރެނީ

އެމްޕީއެލުން ބުނީ ރަމަޟާން މަހާ ދިމާކޮށް އެތެރެކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަަވަހަށް ވިޔަފާރިވެރިންނަށް ކްލިއާކުރެވޭނެ މަގު ފަހިކޮށްދިނުމަށް މި ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;