ads
އެމްއެމްއޭ
ޔޫޒަބަލް ރިޒާވް 300 މިލިއަން ޑޮލަރަށް އަރައިފި
މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް -- ޔޫޒަބަލް ރިޒާވް 300 މިލިއަން ޑޮލަރަށް އަރައިފި އެވެ.
Advertisement

މިއަހަރުގެ ޖަނަވަރީގެ ނިޔަލަށް ރިޒާވަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސް ހިސާބުތައް މަރުކަޒީ ބޭންކުންވަނީ އާންމުކޮށްފަ އެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 1.03 ބިލިޔަން ޑޮލަރެވެ. މިދިިޔަ އަހަރު ނިންމާލިއިރު މިއަދަދު ހުރީ 983.04 މިލިޔަން ޑޮލަރުގަ އެވެ. މިއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ރަސްމީ ރިޒާވު މިފަހުން ބިލިޔަނަކަށް އެރި ފުރަތަމަ ފަހަރެކެވެ.

ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އިތުރުވެފަ އެވެ. 

އެމްއެމްއޭ އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަސް ނިމުނުއިރު ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ހުރީ 839.87 މިލިއަން ޑޮލަރުގަ އެވެ. 

ރަސްމީ ރިޒާވް އާއި އެހެނިހެން ފޮރިން ކަރަންސީ އެސެޓްސްއިން ކުރު މުއްދަތުގެ ދަރަނި އުނި ކުރުމުން ޖެނުއަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 300 މިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ. ބޭނުންކުރެވޭ ރިޒާވްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ހުރީ 244 މިލިއަން ޑޮލަރެވެ.

މިދިޔަ މަހު ޖުމްލަކޮށް ދައުލަތަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;